އޭޝިއާ
![](http://upload.wikimedia.org/wikipedia/commons/thumb/8/80/Asia_%28orthographic_projection%29.svg/220px-Asia_%28orthographic_projection%29.svg.png)
އޭޝިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މީހުންގިނަ ކޮންޓިނެންޓެވެ. މި ކޮންޓިނެންޓު ބޮޑަށް އޮންނަނީ ދުނިޔޭގެ އުތުރުގައާއި އިރުމަތީ ފަރާތްތަކުގައެވެ. އޭޝިއާގެ ބިން 44،579،000 އަކަ ކިލޯމީޓަރު ވެއެވެ. މިއީ ގަތްގަނޑަކަށް ދުނިޔޭގެ ބިމުގެ ތިރީސް އިންސައްތައެވެ. އަދި މުޅި ދުނިޔޭގެ 8.7 އިންސައްތައެވެ. މި ކޮންޓިނެންޓުގައި މަދުވެގެން 4.5 ބިލިއަން މީހުން އުޅެއެވެ. މިއީ ދުނިޔޭގެ އާބާދީގެ 60% އެވެ.
އޭޝިއާގެ އިރުމަތީފަރާތުގައިވަނީ ޕެސިފިކު ކަނޑެވެ. ދެކުނުގައި ވަނީ އިންޑިއާ ކަނޑެވެ، އަދި އުތުރުގައި އާޓިކު ކަނޑެވެ. އޭޝިއާއާއި ޔޫރަޕާއި އަދި އޭޝިއާއާއި އެފުރިކާއާއި ދެމެދުވާ ބޯޑާ އަކީ ޢާންމުކޮށް ދެކޭގޮތުގައި ، ސުއޭޒް ކެނޭލްހެ އިރުމައްޗާއި، ޓާކިޝް ސްޓްރޭޓްސް، އޫރަލް ފަރުބަދަތައް، އަދި އޫރަލް ކޯރރުގެ އިރުމައްޗާއި، ކައުކަސަސް ފަރުބަދަތަކާއި ކެސްޕިއަން ކަނޑާއި ބްލެކް ސީ ގެ ދެކުނުގައިކަމަށެވެ.
![](http://upload.wikimedia.org/wikipedia/commons/thumb/e/ea/Different_versions_of_the_Europe-Asia_border.png/220px-Different_versions_of_the_Europe-Asia_border.png)