Jump to content

ރެޑް ފޯރޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Revision as of 21:00, 4 އެޕްރީލް 2013 by Addbot (ޚިޔާލު ސަފްޙާ | ޙިއްޞާ) (Bot: Migrating 42 interwiki links, now provided by Wikidata on d:q45957 (translate me))
(ފަރަގު) → ކުރީގެ ނުސްހާ | Latest revision (ފަރަގު) | ފަހުގެ ނުސްހާ ← (ފަރަގު)
ރެޑް ފޯރޓް

ރެޑް ފޯރޓް އަކީ އިންޑިޔާގެ ދިއްލީގައި ހުންނަ އާޘާރީ ބިނާއެކެވެ. ޔުނެސްކޯގެ ދުނިޔޭގެ އާޘާރީ ތަރިކައިގެ ތެރޭގައި ބެލެވޭ ތަނެއްގެ ގޮތުގައި ރެޑް ފޯރޓް ހަމެޖެހިގެން ދިޔައީ 2007 ވަނަ އަހަރުގައެވެ. މިއީ ޝާހް ޖަހާންގެ ރަސްކަމުގެ ދުވަސްވަރު ވެރިކަން ކުރާނެ ގަނޑުވަރުގެ ގޮތުގައި ބިނާކުރެވުނު ތަނެކެވެ.

ރެޑް ފޯރޓް އަދި ޝާހްޖަހާން އާބާދު އޭ ކިޔޭ ސިޓީ ބިނާކުރެވުނީ މީލާދީން 1639 ވަނަ އަހަރު ޝާހް ޖަހާންގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ޝާހް ޖަހާންގެ ރަސްކަމުގައި މިތަން ބިނާކުރެއްވުމަށްފަހު އެކިފަހަރު މަތިން މިތަނަށް ބައިތައް އިތުރުކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ. ރެޑް ފޯރޓް ހުންނަ ޝާހްޖަހާން އާބާދު އަކީ ދިއްލީގައި މުސްލިމުން ދިރިއުޅުމަށް ބިނާކުރެވުނު 7 ވަނަ ޝަހަރު އެވެ.

ރެޑް ފޯރޓް އަށް މިނަން ދެވިފައިވަނީ އެތަނުގެ ވަށައިގެން ލެވިފައިވާ އިންފާރުގައި ބޭނުންކޮށްފައިވާ ރަތް ގަލުގެ ސަބަބުންނެވެ. ޝާހްޖަހާން އާބާދުގެ އިރުމަތީ ބިތުގައި ހުންނަ ރެޑް ފޯރޓްގެ ވަށާ ފާރުގެ ދިގުމިނުގައި 1.5 މޭލުގެ ދިގުމިން ހުންނަ ކަމަށް ވެއެވެ. އަދި މިވަށާ ފާރުގެ އުސްމިން ބައެއް ދިމާލުގައި 60 ފޫޓު ހުންނަ އިރު އަނެއް ބައި ދިމާލުގައި 110 ފޫޓް ހުރެއެވެ.