Jump to content

ޕްރިޒަން ބްރޭކް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).


ޕްރިޒަން ބްރޭކް އަކީ ގޯލްޑަން ގްލޯބް އަދި އެމީ އެވޯޑްސް އަށް ހޮވިފައިވާ ޑްރާމާ ސިލްސިލާ އެކެވެ. 29 އޮގަސްޓް 2005 ގައި އެންމެ ފުރަތަމަ މި ސިލްސިލާ ދައްކާފައިވަނީ ފޮކްސް ބްރޯޑްކާސްޓިންގ ކޮމްޕެނީ އިންނެވެ. ޕްރިޒަން ބްރޭކް ބިނާވެފައި ވަނީ ކަމެއްގެ ތުހުމަތުގައި ޖަލަށްލާފައިވާ ލިންކިން ބަރޯލްސް ޖަލުން ސަލާމަތް ކުރުމަށް އޭނާގެ ކޮއްކޮ މައިކަލް ސްކޯފިލްޑް ކުރާ މަސައްކަތެވެ. މިހާތަނަށް ޕްރިޒަން ބްރޭކް 3 މޫސުން ވަނީ ދައްކައި ނިމިފައެވެ. މިހާރު ސީޒަން 4 ގެ މަސައްކަތް ވަނީ އަމަލީ ގޮތުން ފެށިފައެވެ.

ޕްރިޒަން ބްރޭކް ޕްރޮޑިއުސްކުރަނީ ޓްވެންޓީތް ސެންޗަރީ ފޮކްސް އާއި، އެޑަލް ސްޓެއިން ޕަރައުސް ޕްރޮޑަކްޝަން ގުޅިގެންނެވެ. އަދި މިޝޯ އުފެއްދީ ކުރަނީ ޕައުލް ސްކައުރިންގ އެވެ. ޕްރިޒަން ބްރޭކްގެ ތީމް މިއުޒިކް އުފައްދާފައިވަނީ ރަމީން ޑިޖަވާޑީ އެވެ. 2006 ވަނަ އަހަރުގެ ޕްރައިމް އެމީ އެވޯޑް އަށް މިއުޒިކްގެ ބައިން ޕްރިޒަން ބްރޭކް ހޮވިފައި ވެއެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]

ފަންވަތް:Prison Break