Jump to content

ޕެރޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Republic of Peru
República del Perú  ފަންވަތް:Es icon
Flag of Peru
Flag
Coat of arms of Peru
Coat of arms
ގައުމީ ސަލާމް: "Somos libres, seámoslo siempre"  ފަންވަތް:Es icon
"We are free, we shall always be so"
National seal:
Gran Sello del Estado
ފަންވަތް:Es icon
"Great Seal of the State"
Location of Peru
ވެރިރަށް
and largest city
Lima
ރަސްމީ ބަސްތައްSpanish1
ނަސްލު ގުރޫޕުތައް
45% Amerindian, 37% Mestizo, 15% White, 3% Black, Asian[1]
ޑިމޮނިމްPeruvian
ސަރުކާރުPresidential republic
• President
Ollanta Humala
Luis Giampietri
Pedro Cateriano
Luis Alva Castro
Independence 
from Spain
• Declared
July 28, 1821
• Consolidated
December 9, 1824
• Recognized
August 14, 1879
ސަރަޙައްދު
• Total
1,285,215.6 km2 (496,224.5 sq mi) (20th)
• Water (%)
8.80
އާބާދީ
• 30 June 2009 estimate
29,132,013[2]
• 2007 census
28,220,764
• Density
22/km2 (57.0/sq mi) (193rd)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$246.283 billion[3]
• ބޮލަކަށް ޖެހެނީ
$8,594[3]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$127.462 billion[3]
• ބޮލަކަށް ޖެހެނީ
$4,448[3]
ޖިނީ (2008) 47.9
Error: Invalid Gini value
އެޗްޑީއައި (2007)0.806
Error: Invalid HDI value (78th)
ފައިސާNuevo Sol (PEN)
ޓައިމް ޒޯންޔޫޓީސީ-5 (PET)
• ސަމާ (ޑީއެސްޓީ)
not observed
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް+51
އައިއެސްއޯ 3166 ކޯޑްPE
އިންޓަރނެޓް ޓީއެލްޑީ.pe
  1. Quechua, Aymara and other indigenous languages are co-official in the areas where they are predominant.

ރިޕަބްލިކް އޮފް ޕެރޫއަކީ ދެކުނު އެމެރިކާ ބައްރުގެ ހުޅަނގު ބިތަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ޕެރޫގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ޕެރޫގެ މީހުންނަށް ކިޔަނީ ޕެރުވިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލީމާއެވެ. ޕެރޫގެ ވެރިރަށަކީ ވެސް ލީމާއެވެ. ޕެރޫއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 29 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 41 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pe. އެވެ. ކޯލިން ކޯޑަކީ +51 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނުއެވޯ ސޯލްއެވެ.

ނަން[އުނިއިތުރު ގެންނަވާ]

“ޕެރޫ” މި ބަސް ނެގިފައިވަނީ “ބިރޫ” މި ބަހުންނެވެ. މިއީ ޕެނަމާ ސަރަޙައްދުގައި 16 ވަނަ ޤަރުނުގައި ވެރިކަން ކުރެއްވި މި ސަރަޙައްދުގެ ވެރިއެއްގެ ނަމެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ޕެރޫގެ އުތުރުގައި އޮތީ އިކުއެޑޯ އާއި ކޮލަންބިޔާއެވެ. އިރުމަތީގައި އޮތީ ބްރެޒިލްއެވެ. އިރުދެކުނުގައި އޮތީ ބޮޮލީވިއާއެވެ. ދެކުނުގައި އޮތީ ޗިލީއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

ޕެރޫގައި މީގެ 9000 އަހަރު ކުރީން ވެސް މީހުން ދިރިއުޅެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުށްޓެވެ. ޢީސާގެފާނުގެ މީލާދުގެ 3000 އަހަރާއި 1800 އަހަރާއި ދެމެދު ޕެރޫގަައި އޮތް ތަމައްދުނުގެ އަސަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ޕެރޫއަކީ ދެކުނު އެމެރިކާ ސަރަޙައްދުގައި އުފެދުނު އެންމެ ބޮޑު އެއް އެމްޕަޔަރ ކަމުގައިވާ “އިންކާ އެމްޕަޔަރ” ޤާއިމުވެފައި އޮތް ތަނެވެ. މީލާދީން 15 ވަނަ ޤަރުނަކީ އިންކާ އެމްޕަޔަރގެ ރަން ދުވަސްވަރު ކަމުގައި ބެލެވިފައިވެއެވެ. މީލާދީން 16 ވަނަ ޤަރުނުގައި އިސްޕޭނުގެ އެމްޕަޔަރ އިން ޕެރޫގެ ސަރަޙައްދު ހިފިއެވެ. އަދި އެތަނުގައި ވައިސްރޯޔަލްޓީއެއް ޤާއިމުކުރިއެވެ. މީލާދީން 19 ވަނަ ޤަރުނަކީ ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކުން މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި ދުވަސްވަރެކެވެ. 1821 ވަނަ އަހަރުގައި މިނިވަންކަން ލިބުނު ނަމަވެސް އެފަހުން މިވީ މުއްދަތުގެ ތެރޭގައި ވެސް ގިނަ ދުވަހުގައި ޕެރޫއަށް ސިޔާސީ ގޮތުން އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ. ޕެސިފިކް ހަނގުރާމައިގައި 1879 އާއި 1883 އާ ދެމެދު ޗިލީގެ އަތުން ޕެރޫ ބަލިވިއެވެ. 1968 ވަނަ އަހަރުގައި ޖެނެރަލް ހުއާން ވެލަސްކޯ އަލްވަރާދޯ ވަނީ ފެނާންޑޯ ބެލައުންޑޭއާ ދެކޮޅަށް އިންޤިލާބެއް ގެނައެވެ. 1980 ގެ އަހަރުތަކުގައި ޕެރޫއަށް ވަރަށް ބޮޑަށް ބޭރުގެ ދަރަންޏާ ކުރިމަތިލާން ޖެހުނެވެ. 1990 ވަނަ އަހަރުން 2000 ވަނަ އަހަރަށް ޕެރޫގެ ރައީސްކަން ކުރައްވާފައިވަނީ އަލްބަރޓޯ ފުޖިމޯރީއެވެ. އޭނާއަކީ ޖަޕާނު ނަސްލުގެ ބޭފުޅެކެވެ. 2000 ވަނަ އަހަރުގައި ފުޖިމޯރީގެ ވެރިކަން ނިމިގެން ދިޔައީ ކޮރަޕްޝަނުގެ ތުހުމަތުތަކެެއް އޭނާއާ ދެކޮޅަށް ކުރެވިގެންނެވެ. ފަހުން އަލްބާޓޯ ފުޖިމޯރީ ވަނީ ޖަޕާނަށް ވަޑައިގެން އެ ޤައުމުގެ ޙިމާޔަތް ހޯއްދަވާފައެވެ. އެހެން ނަމަވެސް އޭނާ ޕެރޫއަށް ވަޑައިގަތުމުން އެ ޤައުމުންވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

29 މިލިއަން މީހުންގެ އާބާދީއެއް އޮތް ޕެރޫއަކީ ދެކުނު އެމެރިކާ ސަަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 2050 ވަނަ އަހަރާ ހަމަޔަށްދާއިރު އިންޑިޔާގެ އާބާދީގައި 42 މިލިޔަން މީހުން ތިބޭނެކަމަށް ބެލެވިފައިވެއެވެ. ނިއު ގީނިއާ އާއި ބްރެޒިލް ފިޔަވައި ދުނިޔޭގައި “އަންކޮންޓެކްޓެޑް ޓްރައިބްސް” އެންމެ ގިނަ ޤައުމަކީ ޕެރޫއެވެ. ޕެރޫގެ އާބާދީގެ 45% މީހުންނަކީ އެމެރިންޑިޔަނުންނެވެ. 37% މީހުންނަކީ މެސްޓިޒޯސްއެވެ. މެސްޓިޒޯ މީހުންނަކީ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުން އިނދެގެން އުފެދިފައިވާ ނަސްލެކެވެ. 15% މީހުންނަކީ ޔޫރަޕު ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ އެފްރިކާ ނަސްލުގެ މީހުނާއި ޖަޕާނު މީހުންނާއި ޗައިނާ މީހުންނެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ޕެރޫގެ ސަގާފަތަށް އަސަރު ފޯރުވާފައިވަނީ އެމެރިންޑިޔަނުންނާއި އިސްޕޭނު މީހުންގެ ސަގާފަތެވެ. ޕެރޫގެ ސަގާފަތުގެ ތެރެއިން މިއަދު ޗައިނާ، ޖަޕާނު އަދި އެފްރިކާގެ އަސަރުތައް ދަނީ ފެންނަމުންނެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ޕެރޫއަށް މިހާރުވަނީ އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8594 ޑޮލަރެވެ.

  1. Cite error: Invalid <ref> tag; no text was provided for refs named Peru
  2. "Instituto Nacional de Estadística e Informática (INEI) del Perú". INEI. Retrieved on July 20, 2009.
  3. 3.0 3.1 3.2 3.3 "Peru". International Monetary Fund. Retrieved 2009-10-01.