Jump to content

ޕަރިކްޓީން އަލިފާން ފަރުބަދަ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޕަރިކްޓީން އަލިފާން ފަރުބަދަ

ޕަރިކްޓީން , 1994 ގައި
އުސްމިން 3,170 metres (10,400 ft)
ހުންނަތަން Michoacán, Mexico
Prominence 424 m (1,391 ft)
Coordinates 19.493° N 102.251° W
ބާވަތް Cinder cone
Volcanic arc/belt Trans-Mexican Volcanic Belt
އުމުރު 1943-present
އެންމެ ފަހުން ގޮވާފައިވަނީ 1952

ޕަރިކްޓީން އަލިފާން ފަރުބަދަ އަކީ މެކްސިކޯގެ މީކޯކަން ސިޓީގައި އިންނަ އަލިފާން ފަރުބަދަ އެކެވެ. މިފަރުބަދަ އިންނަނީ ވެރިރަށް މެކްސިކޯ ސިޓީގެ ހުޅަގުން 200 މޭލުގެ ދުރުމިނުގައެވެ. މިފަރުބަދަ ހިމެނޭ ހިސާބު ގަނޑުގެ މީހުން ވާހަކަ ދައްކާ ޓެރަސްކަން ބަހުން ޕަރިކްޓީން ގެ މާނައަކީ އަނެއް ފަރާތުގައި އެވެ. މިފަރުބަދަ ހިމެނޭ އަވަށަށްް ވެސް ކިޔަނީ ހަމަ ޕަރިކްޓީން އެވެ.

ފަރުބަދަ ފުރަތަމަ ގޮވާން ފަށައިފައިވަނީ 20 ފެބުރުއަރީ 1943 ގައެވެ. ފަރުބަދަ ގޮވާ މަންޒަރު ފުރަތަމަ ފެނިފައިވަނީ އެހިސާބު ގަނޑުގެ ދަނޑުވެރިއެއް ކަމުގައިވާ ޑިއޮނިސޯ ޕްލީޑޯ އަށެވެ. ފަރުބަދަ ގޮވަން ފެށުމުގެ 3 ހަފްތާކުރިން އެހިސާބު ގަނޑުގެ މީހުންނަށް ގުގުރި ޖަހާ އަޑާއި ވައްތަރުގެ އަޑުތަކެއް އިވުނު ކަމަށް ބުނެވެއެވެ.

ފަރުބަދަ ގޮވަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި 50 މީޓަރުގެ އުސްމިނަށް ކޯން އެއްގެ ސިފަޔަށް އަލިފާން ގަނޑު އުފުލި ފައިވެއެވެ. އޭގެ 6 ދުވަސް ފަހުން އުސްމިން 150 މީޓަރަށް އުފުލިގެން ދިޔައެވެ. އަދި އޭގެ އަހަރެއް ފަހުން ފަރުބަދަ 336 މީޓަރުގެ އުސްމިނަށް ބޮޑުވެ، އުފުލިގެން ދިޔައެވެ. ފުރަތަމަ ފަހަރު ފަރުބަދަ ގޮވައިގެން އުފެދިގެން ދިޔަ އަޑުފަންގަނޑު 350 ކިލޯ މީޓަރު ދުރަށް އަޑުއިވުނު ކަމަށް ބުނެވެއެވެ.

ފަރުބަދަ ފުރަތަމަ ގޮވުމުގެ 1 ދުވަސް ކުރިން 19 ފެބުރުއަރީ 1943ގައި ފަރުބަދަ ހުރި ހިސާބުގައި 300 އަށްވުރެ ގިނަ ކުދި ބިންހެލުންތައް އުފެދިގެން ދިޔަކަމަށް ބުނެވެއެވެ. ފުރަތަމަ ފަރުބަދަ ގޮވުމަށް ފަހު 8 އަހަރު ދުވަހުގެ މުއްދަތަށް ފަރުބަދަ ގޮވަމުން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ފަރުބަދައިގެ ވަށައިގެން 25 އަކަ ކިލޯ މީޓަރުގެ ދަނޑުބިން އަދައިގެންވަނީ ގޮސްފައެވެ. 1952 ވަނަ އަހަރު ފަރުބަދަ ގޮވުން ހުއްޓުނު އިރު އުސްމިން ހުރީ އިތުރުވަމުން ގޮސް 424 މީޓަރަށް އުފުލި ފައެވެ.

1943 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ފަރުބަދަ ގޮވަމުން އައި ދަރަޖަ މަތިވެ، ބާރުވެގެން ދިޔައެވެ. އެއަށްފަހު ދުވަސް ކޮޅަކު ހިމޭންކަންމަތީ އޮތުމަށްފަހު ޖޫން މަހު އިތުރަށް ގޮވަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ޕަރިކްޓީން އަވަށުން މީހުން އެހެން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވުނެވެ. އޭގެ ދެތިން މަސްފަހުން ކައިރީގައި އޮންނަ ސަންޖްއާން އަވަށުން ވެސް މީހުން ހުސްކުރެވުނެވެ. 1944 ވަނަ އަހަރުގެ އޮގަސްޓް މަހާއި ހަމައަށް އައިއިރު ޕަރިކްޓީން އަދި ސަންޖްއާން ވަނީ ފަރުބަދަ ގޮވައިގެން ފޭބި އަޅިތަކުން ފޮރުވިފައެވެ.

4މާރޗް 1952ގެ ފަހުން މިފަރުބަދަ އިތުރަށް ގޮވާފައެއް ނުވެއެވެ. މިފަރުބަދަ އަކީ މޮނޯ ޖެނެޓިކް ފަރުބަދަ އެކެވެ. އެހެން ކަމުން ދެން މިފަރުބަދަ އިތުރަށް ނުގޮވާނޭ ކަމަށް ސައިންސް ވެރިން ބުނެއެވެ. މިފަރުބަދަ ގޮވުމުގެ ސަބަބުން 8 އަހަރުގެ ތެރޭގައި އެއްވެސް މީހަކު މަރުވިކަމަށް ރިކޯޑެއް ނުކުރެވެއެވެ. ނަމަވެސް އުފެދުނު ވިދުވަރުގެ ސަބަބުން 3 މީހަކު މަރުވެގެން ގޮސްފައި ވެއެވެ.

ޕަރިކްޓީން ފަރުބަދަ ހުންނަ ހިސާބަށް ކިޔަނީ މެކްސިކަން ވޮލްކެނިކް ބެލްޓް އެވެ. މިހިސާބުގައި ޖޮރޫލޯ ކިޔާ އަލިފާން ފަރުބަދަ އެއް ވެސް ވެއެވެ. މިބުނި ބެލްްޓް ދެކުނު މެކްސިކޯގެ އިރުން ހުޅަގަށް 700 މޭލަށް ދެމިގެން ގޮސްފައި ވެއެވެ. 1759 ވަނަ އަހަރު އެންމެ ފުރަތަމަ ގޮވަން ފެށި ޖޮރޫލޯ ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1774 ވަނަ އަހަރު އެވެ. މި ދެފަރުބަދަ ގޮވުމުގެ އިތުރުން މިބުނި ވޮލްކެނިކް ބެލްޓްގެ ތެރޭގައި ތަފާތު 14 ހާސް ކުދި ހާދިސާ ތައް ހިގާފައި ވެއެވެ.

ޕަރިކްޓީން އަލިފާން ފަރުބަދައިގެ މަންޒަރު އަލްބަމް

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]